Nationwide health screening programme

ފުރާވަރު ކުދިންގެ އާބާދީގެ ދެބައިކުޅައެއްބައި ކުދިންނަކީ ހަށިގަނޑުގެ ބަރުދަނާއި ގުޅުންހުރި މައްސަލަތައް ހުރި ކުދިން – ސްކޫލް ހެލްތް ސްކްރީނިންގ ރިޕޯޓް

ސްކޫލެއްގެ ދަރިވަރުންތަކެއް އެސެމްބްލީގައި މަޑުކޮށްލައިގެން / ފޮޓޯ: އަމީނިއްޔާ ސްކޫލް
ސްކޫލެއްގެ ދަރިވަރުންތަކެއް އެސެމްބްލީގައި މަޑުކޮށްލައިގެން / ފޮޓޯ: އަމީނިއްޔާ ސްކޫލް

މިއަދުގެ ކުޑަކުދިންނަކީ ޤައުމުގެ މުސްތަޤްބަލްކަމުގައިވާއިރު، ކުޑަކުދިންގެ ސިއްޙަތަކީ އެކަމަށް ޚާއްސަ ސަމާލުކަމެއްދޭންޖެހޭ މުޙިއްމުކަމެކެވެ. މިކަމަށް ސަރުކާރުގެ މެނިފެސްޓޯގައި ޚާއްސަ ސަމާލުކަމެއްދެއްވާ ކުޑަކުދިންނާއި ފުރާވަރުގެ ކުދިންނަކީ ސިއްޙީގޮތުން ދުޅަހެޔޮބަޔަކަށް ހެދުމަށްޓަކައި ކަންތައްތަކެއް ވަނީ ކަނޑައަޅުއްވާފައެވެ.

މިއަމާޒުތަކަށް ވާސިލްވުމުގެގޮތުންނާއި ދަރިވަރުން ސިއްޙީ ޙާލަތު ހުރިގޮތް ދެނެގަތުމަށްޓަކައި ސްކޫލްތަކުގެ ހެލްތް ސްކްރީނިންގ ޕްރޮގްރާމްގެ ދަށުން ގްރޭޑް 1 އާއި 7 ގެ ދަރިވަރުންގެ ހެލްތް ސްކްރީނިންގ ޕްރޮގްރާމެއް ވަނީ ފަށާފައެވެ. 2014 ވަނަ އަހަރު ގްރޭޑް 1 ގެ ދަރިވަރުންނަށް މިޕްރޮގްރާމް ކުރިއަށްގެންގޮސްފައިވާއިރު، މިދިޔަ އަހަރު ގްރޭޑް 7 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ވަނީ ހެލްތް ސްކްރީނިންގ ކުރިއަށްގެންދަވާފައެވެ.

ހެލްތް މިނިސްޓްރީން ނެރިފައިވާ ފުރާވަރު ކުދިންގެ ހެލްތް ސްކްރީނިންގ ރިޕޯޓް، “އެޑޮލަސަންޓް ހެލްތް ސްކްރީނިންގ ރިޕޯޓް 2015” އަކީ މުޅި ރާއްޖޭގެ ހުރިހާ ސްކޫލްތަކުގައި ގްރޭޑް 7 ގައި ކިޔަވަމުންދާ ދަރިވަރުންގެ މެދުގައި ކުރިއަށްގެންދެވުނު ހެލްތް ސްކްރީނިންގ އިން ލިބުނު މަޢުލޫމާތުތަކުގެ އަލީގައި ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކުރިއަށްގެންދިޔަ ހެލްތް ސްކްރީނިންގ ޕްރޮގްރާމްގައި ރާއްޖޭގެ ގްރޭޑް 7 ގައި ކިޔަވަމުންދާ 4238 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ.

ދިރާސާއިން ފާހަގަކުރެވުނު ސިއްޙީ މައްސަލަތައް

ހެލްތް ސްކްރީނިންގެ ނަތީޖާތައް ދައްކާގޮތުން ފުރާވަރު ކުދިންގެ އާބާދީގެ ދެބައިކުޅައެއްބައި ކުދިންނަކީ ހަށިގަނޑުގެ ބަރުދަނާއި ގުޅުންހުރި މައްސަލަތައް ހުރި ކުދިންކަމަށް މިރިޕޯޓުން ދައްކައެވެ.

މީގެ ތެރޭގައި ހަށިގަނޑުގެ ބަރުދަން ލުއިވުމާއި، ބަރުދަން އިތުރުވުމުގެ މައްސަލަތަކާއި، އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް ބަރުދަން އިތުރުވުމާއި، އެކަށީގެންވާވަރަށްވުރެ ބޮޑަށް ބަރުދަން ލުއިވުން ހިމެނޭކަމަށް މިރިޕޯޓުން ދައްކައެވެ. ދެހާސްފަނަރަ ވަނަ އަހަރުގެ ހެލްތް ސްކްރީނިންގ ރިޕޯޓްގައި އިސްކޮޅާއި އެއްވަރަށް ބަރުދަން ހުންނަންޖެހޭ މިންވަރުގައި ހުރީ ފިރިހެން ކުދިންގެ ތެރެއިން 54 އިންސައްތަ ކުދިންނެވެ. އަންހެން ކުދިން ހުރީ 45 އިންސައްތައިގައެވެ.

މިނަތީޖާ އިން ދައްކައިދެނީ ބާކީ ދެން ތިބި ކުދިންނަކީ ހަށިގަނޑުގެ ބަރުދަނާއި ގުޅުންހުރި އެކި މައްސަލަތައް ހުރި ކުދިންގެ ގޮތުގައެވެ.

އެގޮތުން މިއުމުރުފުރާގެ ކުދިންގެ ތެރެއިން އާދަޔާ ޚިލާފަށް ފަލަ ކުދިންގެ ތެރޭގައި ފިރިހެން ކުދިން ހުރީ 9.51 އިންސައްތައިގައެވެ. އަންހެން ކުދިން ހުރީ 9.32 އިންސައްތައިގައެވެ. އޯވަރވެއިޓް ނުވަތަ ބަރުދަން އިތުރު ކުދިންގެ ތެރެއިން16  އިންސައްތައަކީ ފިރިހެން ކުދިން އަދި 12 އިންސައްތައަކީ އަންހެން ކުދިންނެވެ.

ހަށިގަނޑުގެ ބަރުމިން ހުންނަންޖެހޭ ވަރަށްވުރެ ލުއި ކުދިންގެގޮތުގައި 9 އިންސައްތަ ފިރިހެން ކުދިން ހިމެނޭއިރު 17 އިންސައްތަ އަންހެން ކުދިންނަކީ ހުންނަންޖެހޭ މިންވަރަށްވުރެ ބަރުދަން ލުއި ކުދިންކަމަށް މިރިޕޯޓުން ދައްކައެވެ. އަދި އެކަށީގެންވާވަރަށްވުރެ ބޮޑަށް ބަރުދަން ލުއިކުދިންގެ ތެރެއިން 6 އިންސައްތައަކީ ފިރިހެން ކުދިން އަދި 13 އިންސައްތަ އަކީ އަންހެން ކުދިންކަމަށްވެސް މިރިޕޯޓުން ދައްކައެވެ.

މިރިޕޯޓުން ދައްކާގޮތުގައި ހިމޮގްލޮބިން ލެވެލް އާއްމުގޮތެއްގައި ހުރިހާ ދަރިވަރުންގެ އެވްރެޖް މިންވަރެއްގައި ހުރިނަމަވެސް 30 އިންސައްތަ ފިރިހެން ކުދިންނާއި 45 އިންސައްތަ އަންހެން ކުދިންނަކީ އެނީމިކް ކުދިންކަމަށް ފާހަގަކުރެވެއެވެ.

ދިރާސާއިން ދެން އެންމެ ބޮޑަށް ފާހަގަވެފައިވަނީ ޑެންޓަލް މައްސަލަތައް

ރިޕޯޓުން ދެވަނައަށް ފާހަގަކޮށްލެވެނީ ޑެންޓަލް މައްސަލަތަކުގެ ގޮތުގައި ފާހަގަކުރެވޭ، ހިރުގަނޑާއި ދަތުގެ މައްސަލަތައް / ފޮޓޯ: ގޫގްލް.
ރިޕޯޓުން ދެވަނައަށް ފާހަގަކޮށްލެވެނީ ޑެންޓަލް މައްސަލަތަކުގެ ގޮތުގައި ފާހަގަކުރެވޭ، ހިރުގަނޑާއި ދަތުގެ މައްސަލަތައް / ފޮޓޯ: ގޫގްލް.

ހެލްތް ސްކްރީނިންގގެ ނަތީޖާތައް ދައްކާގޮތުން ސިއްޙީ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވެފައިވަނީ ޑެންޓަލް މައްސަލަތަކުގެ ގޮތުގައި ފާހަގަކުރެވޭ، ހިރުގަނޑާއި ދަތުގެ މައްސަލަތަކެވެ. މިގޮތުން 10 ވަރަކަށް އިންސައްތަ ކުދިންގެ އަނގައިގެ ތެރޭގެ ތަފާތު މައްސަލަތައް ފާހަގަކުރެވޭކަމަށް މިރިޕޯޓުން ދައްކައެވެ. ލޮލުގެ މައްސަލަތަކާއި، ނޭވާހިއްލުމާއި، ހަމުގެ މައްސަލަތަކާއި، ކަރުން މަތީގެ މައްސަލަތައްވެސް މިއުމުރުފުރާގެ ކުދިންގެ މެދުގައި ހުރިކަން ފާހަގަކުރެވޭކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވެއެވެ. މިއުމުރުފުރާގެ ކުދިންގެ ތެރެއިން ލޮލުގެ މައްސަލަތައްހުރި ކުދިންގެ ގޮތުގައި ފާހަގަވެފައިވަނީ 5 އިންސައްތައެއްހާ ކުދިންގެ މެދުގައެވެ.

ހެލްތް ސްކްރީނިންގ ކުރިއަށްގެންދެވުނު އާބާދީގެ 95 އިންސައްތަ ދަރިވަރުންގެ ހަމުގެ މައްސަލައެއް ނެތްކަމަށް ފާހަގަކުރެވެއެވެ. އެހެންނަމަވެސް ބާކީހުރި 5 އިންސައްތައަކީ އެކަމާ އަޅާނުލާ ދޫކޮށްލަންޖެހޭ ފަދަ މައްސަލަތަކެއް ނޫންކަމަށް އެޗްޕީއޭ އިން ވިދާޅުވެއެވެ.

ވެކްސިން ދީފައިވާގޮތަށް ބަލާލާއިރު މިއުމުރުފުރާގެ ކުދިންގެ ތެރެއިން ބޮޑު އިންސައްތަ ކުދިންނަކީ ވެކްސިން ދީފައިވާކުދިންތަކެކެވެ.

ހެލްތް ސްކްރީނިންގ ނަތީޖާއިން ދައްކާގޮތުން ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށްޓަކައި މުޙިއްމުކަންތައްތަކެއް ކުރަންޖެހޭކަމަށާއި މިއުމުރުފުރާއަކީ ކުދިންގެ ދެނެގަނެވޭ މިފަދަ މައްސަލަތަކަށް އެންމެ އެކަށީގެންވާ ޢުމުރުފުރާކަން އެޗްޕީއޭއިން ފާހަގަކުރައްވައެވެ. އެހެންކަމުން ހެލްތް ސްކްރީނިންގައި ފާހަގަކުރެވޭ ކަންތައްތަކުގެ އަލީގައި ފަރުވާ ހޯދުމަށް ޚާއްސަ ސަމާލުކަމެއްދިނުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s