ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތްތަކެއް ކުރަންޖެހޭ

ގެވެށި އަނިޔާގެ މައްސަލަތައް ހުށަހެޅޭ މިންވަރު ދަނީ އިތުރުވަމުން / ފޮޓޯ: ގޫގްލް
ގެވެށި އަނިޔާގެ މައްސަލަތައް ހުށަހެޅޭ މިންވަރު ދަނީ އިތުރުވަމުން / ފޮޓޯ: ގޫގްލް

ގެވެށި އަނިޔާއަކީ ގެވެށި ގުޅުމަކުން ގުޅިގެންވާ މީހުންގެ ތެރެއިން އެކަކު، އެގުޅުމުގައި ހިމެނޭ އަނެކާގެ ނުވަތަ އަނެކުންގެ    މައްޗަށް އަނިޔާގެ ޢަމަލެއް ހިންގުން. އަންހެނުންގެ އިތުރުން ފިރިހެނުންނަށް ގެވެށި އަނިޔާ ކުރިމަތިވެއެވެ. މިފަދަ އަނިޔާތަކަކީ ގިނައިން ގޭގެ ތެރެއިން ލިބޭ އަނިޔާއަށް ނުވަތަ ގެވެށި އަނިޔާއަށްވެއެވެ. ސުވާލަކީ ގެވެށި އަނިޔާ އޭ ބުނުމުން ސާދާގޮތެއްގައި އެކަމުގެ ހީކުރެވޭ ގޮތަކީ ކިބައިތޯ؟ .އަމިއްލައަށް ތަސައްވުރުކުރެނީ އަންހެނަކަށް އަނިޔާ ލިބޭ މަންޒަރު ނުވަތަ އަނިޔާ ލިބިފައިވާ އަންހެނެއްތޯ؟

ގެވެށި އަނިޔާއަކީ ވަކި ޢުމުރެއް، އަދި ވަކި ޖިންސެއްގެ މީހަކަށް ލިބޭ އަނިޔާއެއް ނޫނެވެ. ހަމައެހެންމެ މިއީ ހަމައެކަނި ބޭރުން ފެންނަ ޖިސްމާނީ އަނިޔާއެއް އެކަނި އެއްވެސް ނޫނެވެ.

ކުރިންވެސް ފާހަގަކޮށްލިހެން ގެވެށި އަނިޔާއަކީ ވަކި ޖިންސެއްގެ ބަޔަކު އެކަނި ތަޙައްމަލުކުރާ ކަމެއްވެސް ނޫނެވެ. އަންހެނުނާއި ފިރިހެނުންވެސް މިކަން ތަޙައްމަލުކުރަމުންދާއިރު، ގެވެށި އަނިޔާގެ ޝިކާރައަށްވާ މީހުންގެ ނިސްބަތުން މިކަން ތަޙައްމަލުކުރަމުންދާ ގިނަ މީހުންނަކީ އަންހެނުންނާއި ޒުވާން އަންހެނުންކުދިންނެވެ. އެގޮތުން ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ނިޔަލަށް ހުށަހެޅުނު 435 މައްސަލައިގެ ތެރެއިން އަނިޔާ ލިބިފައިވާ 349 އަންހެނެއްގެ މައްސަލަ ހިމެނެއެވެ.

މިތަފާސް ހިސާބުތަކުގައި އަނިޔާ ލިބިފައިވާ ފިރިހެނުންގެ މައްސަލައިގެ ގޮތުގައި ރިޕޯޓްކޮށްފައިވަނީ 119 މައްސަލައެވެ.

ކަމާބެހޭ މާހިރުން ވިދާޅުވާގޮތުގައި އަނިޔާ ފެށިގެން އަންނަނީ ދެމީހެއްގެ ދެމެދުގައި އުފެދޭ ގުޅުމެއްގެ ތެރެއިން ފުރަތަމަ ދިމާވާ ކުދިކުދި ކަންކަމުގައި އަނިޔާ ލިބޭ ފަރާތުން އަޅާނުލާ ދޫކޮށްލުމުންނެވެ. ގެވެށި ގުޅުމަކުން ގުޅިގެންވާ ބަޔަކު ދޭތެރޭގައި ހިނގާ މިފަދަ ކަންކަމީ ހަމައެކަނީ ގޭގެތެރޭގެ މައްސަލަތަކެއް ކަމަށް ނިންމައި، އެފަދަ މައްސަލަތައް ރިޕޯޓްނުކުރުމަކީވެސް މިފަދަ ކަންކަން ކުރާ މީހުންނަށް ދެވޭ އިތުރު ހިތްވަރަކަށް ނޫނީ ނުވާނެއެވެ.

ނަފްސާނީ އަނިޔާކުރުމާއި ބަހުގެ ހަމަލާދިނުމަކީވެސް ގެވެށި އަނިޔާގެ ތެރޭގައި ހިމެނޭކަންކަން / ފޮޓޯ: ގޫގްލް
ނަފްސާނީ އަނިޔާކުރުމާއި ބަހުގެ ހަމަލާދިނުމަކީވެސް ގެވެށި އަނިޔާގެ ތެރޭގައި ހިމެނޭކަންކަން / ފޮޓޯ: ގޫގްލް

އަޅުގަނޑުމެން ކޮންމެ މީހަކުވެސް ދެނެގަންނަންޖެހެނީ އަނިޔާގެ ބިރުވެރިކަމުގެ ތެރޭގައި ދިރިއުޅެން ނުޖެހޭނެކަމެވެ. ހިތާމައަކީ ގިނަ ފަހަރަށް މިފަދަ ކަންކަމުގައި އަޅާނުލާ ދޫކޮށްލެވޭކަމެވެ. އެހެންކަމުން ގެވެށި އަނިޔާއަކީ ކޮބައިކަމާއި، ގެވެށި އަނިޔާއެއް ތަޙައްމުލްކުރަމުންދާ މީހަކު ދެނެގަނެވޭނެ ގޮތްތަކާއި، މިފަދަ ކަންކަން ހުއްޓުވުމަށް ފަރުދީ ފެންވަރުގައި ކުރެވިދާނެ ކަންކަން ދެނެގަތުން މުހިއްމު.

ކޮންމެ ގޮތަކަށްނަމަވެސް ލިބޭ އަނިޔާއަކީ އަނިޔާއެއް. ޖިސްމާނީ އަނިޔާގެ އިތުރަށް، ޖިންސީ އަނިޔާ އާއި ނަފްސާނީ އަނިޔާކުރުމާއި ބަހުގެ ޙަމަލާދިނުމާއި، މާލީ ގޮތުން ނުވަތަ އިޤްތިޞާދީގޮތުން ދަތިކުރުމީވެސް ގެވެށި އަނިޔާގެ ޢަމަލުގެތެރޭގައި ހިމެނޭކަންކަމެވެ. އަދި ޑޮކްޓަރުގެ ލަފަޔާ ދެކޮޅަށް ވަކި މުއްދަތެއްގެ ކުރިން އަނބިމީހާ މާބަނޑުނުކުރުމަށް އެންގުމުން، އަނބިމީހާގެ ޞިއްޙަތަށް ބެލުމެއް ނެތި މާބަނޑުކުރުމާއި، އަނިޔާވެރި ކައިވެންޏަކުން ދުރުވާން މަސައްކަތްކުރާ އަންހެނާގެ ރުހުމާ ދެކޮޅަށް އޭނާ މާބަނޑުކުރުމަކީވެސް މީގެތެރޭގައި ހިމެނޭ ކަންކަމެވެ. މިފަދަ ކަމެއް ހިނގާނަމަ ނުވަތަ ހިނގާފައިވާކަމަށް ޤަބޫލުކުރެވޭނަމަ، އެރަށެއްގެ ޕޮލިސް ސްޓޭޝަނަށް އަދި ޗިލްޑްރަން ސާރވިސް ސެންޓަރަށާއި، ޖެންޑަރ މިނިސްޓްރީގެ ކަމާބެހޭ ނަމްބަރަށް އަދި ކުޑަކުދިންގެ މައްސަލަތަކަށް ޚާއްޞަ ހޮޓްލައިން 1412 އަށް ހުށަހެޅޭނެ. އަދި އީމެއިލާއި ވެބްސައިޓް މެދުވެރިކޮށް މައްސަލަ ހުށަހެޅޭނެ އިންތިޒާމު ކަމާއިބެހޭ އިދާރާތަކުން ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރަށް ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ރައްކާތެރިކުރުމުގެ ޢަމުރަކަށް ވެސް އެދެވިދާނެއެވެ.

ގެވެށި އަނިޔާގެ ޢަމަލެއްކަމުގައި ޤާނޫނުގައި ބަޔާންކޮށްފައިވާ ޢަމަލެއް ކޮށްފިނަމަ ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫގެ ދަށުން ފިޔަވަޅު އެޅޭނެ. އަދި ޖިނާޢީ ކުށެއްކަމަށްވާނަމަ ޖިނާޢީ ކުށުގެ ދަޢުވާ އުފުލޭނެއެވެ.

ގެވެށި އަނިޔާއާ ގުޅޭގޮތުން ޢާއްމުން ހޭލުންތެރިކުރުމުގެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ގެންދަވަނީ ކުރައްވަމުންނެވެ.

އަނިޔާ ހުއްޓުވުމަށް ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރަންޖެހޭ / ފޮޓޯ: ގޫގްލް
އަނިޔާ ހުއްޓުވުމަށް ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރަންޖެހޭ / ފޮޓޯ: ގޫގްލް

ކޮންމެ މީހަކުވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ގެވެށި އަނިޔާއަކީ ހިނގާކަމެއްކަމެވެ. ގެވެށި އަނިޔާ ހުއްޓުވަން ދިމާވާ އެންމެ ބޮޑު އެއް ހުރަހަކީ އެކަން ރިޕޯޓްކުރުމަށް ފަސްޖެހި، ހިތްދަތިކަމާއެކުގައިވެސް އެކަންތައް ތަޙައްމަލުކުރަމުން ގެންދާ ގެންދިއުމެވެ. އެހެންކަމުން އަނިޔާތަކާ ދެކޮޅަށް ތެދުވުމަށް ފަރުދީ ފެންވަރުގައާއި އިޖްތިމާޢީ ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s