ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ސަމާލުކަމެއް

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުގެ ކުންފުނިތަކުން ވަޒީފާ ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އަވަސް

ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ވަރަށް ފަހަކާ ޖެހެންދެންވެސް މުޖުތަމަޢުގައި އަޅާނުލާ ދޫކޮށް އެކަހެރިކޮށްލާފައިވާ ބައެއް. މިހެންމިކަންކަން ކުރުމުގެ ނަތީޖާއަކަށް ވަނީ އެފަދަ މީހުންނާއި މެދު އިހާނަތިކޮށް ހިތުމާއި އެމީހުންނަށް ޙައްޤުތަކުން މަހުރޫމްވުމާއި، އެހެންމީހުންނެކޭ އެއްގޮތަށް ލިބެންޖެހޭ ހަމަހަމަ ފުރުސަތުތައް ނުލިބި ދިއުމެވެ. މިއީ ތަޢުލީމު ހާސިލްކުރުންކަމުގައިވީނަމަވެސް، އަދި ވަޒީފާ ހޯދުން އަދި ބޭނުންވާ ޒަރޫރީ އެހެނިހެން ޚިދުމަތްތައް ހޯދުންކަމުގައިވީނަމަވެސްވެއެވެ.

ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ މިފަދަ ފަރާތްތަކަށް ލިބެންޖެހޭ ތަޢުލީމުގެ ފުރުސަތުތައް ނުލިބިދިއުމަކީ ވަޒީފާގެ މައިދާނުގައާއި އެހެނިހެން ކަންކަމުގައި ހަރަކާތްތެރިވުމަށް ލިބެން އޮންނަ ފުރުސަތު ހަނިވާ މައިގަނޑު ސަބަބުކަމުގައެވެ.

އެހެންނަމަވެސް މިފަހަކަށް އައިސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ފަރާތްތަކަށް ދޭ ސަމާލުކަން ވަނީ އިތުރުވެފައެވެ. އެފަދަ ފަރާތްތަކަށް ފުރުސަތު ހޯދައިދެވޭނީ ކޮންގޮތަކަށްތޯ އާއި އެމީހުންގެ ކުރިއެރުމަށް ކުރެވޭނެ ކަންކަމާއި ތަޢުލީމީ ފުރުސަތުތައް ލިބޭނެ މަގު މިހާރު ދަނީ ފަހިކޮށްދެމުންނެވެ. މިގޮތުން އެފަދަ ފަރާތްތަކަށް ދޭންޖެހޭ އަޅާލުމާއި ލިބެންޖެހޭ ފުރުސަތުތައް އެހެން މީހުންނެކޭ އެއްގޮތަށް ދަނީ ފަހިކޮށްދެމުންނެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރަމުންދާދިއުމަކީވެސް ފާހަގަކޮށްލެވޭ ކަންކަމެވެ.

މިގޮތުން ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުގެ ކުންފުނިތަކުން ވަނީ ވަޒީފާގެ ފުރުސަތު ފަހިކޮށްދޭން ފަށްޓަވާފައެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުގެ ކުންފުނިތަކުން ވަޒީފާދެއްވުމަކީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ފުރުޞަތުދެއްވުމާއި އެއްވެސް މީހަކު މުޖުތަމަޢުން ބާކީނުކުރެއްވުމަށް ސަރުކާރުން ތަންފީޒުކުރައްވާ ސިޔާސަތުގެ ދަށުން އެފަދަ ފަރާތްތަކަށް ދަނީ ވަޒީފާގެ ފުރުސަތުތައް ދެއްވަމުންނެވެ. މިގޮތުން ނުކުޅެދުންތެރިކަން ހުންނަ 157 މީހުންނަށް  18 ކުންފުންޏަކުން ވަޒީފާދެއްވާފައިވާއިރު، ދައުލަތުގެ އެކި ކުންފުނިތަކުން މީގެ ކުރިންވެސް ވަނީ ސަތޭކަ އެތައް ބަޔަކަށް ވަޒީފާ ދެއްވާފައެވެ. މިއާއެކު  ނުކުޅެދުންތެރިކަން ހުންނަ ދުއިސައްތަ ފަސްދޮޅަސް ހަތް މީހުން މިވަގުތު ސަރުކާރުގެ އެކި ކުންފުނިތަކުގައި ވަޒީފާ އަދާކުރަމުންދާކަމީ ފާހަގަކޮށްލަންޖެހޭކަމެކެވެ. މިއީ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ފުރުސަތުފޯރުކޮށްދެއްވަމުންދާކަމުގެވެސް ހެއްކެކެވެ.

ވަޒީފާގެ ފުރުސަތުތަކުގެ އިތުރުން ތަޢުލީމު އުނގެނުމުގައިވެސް އެފަދަ ކުދިންނަށް ޚާއްސަ ސަމާލުކަމެއްދަނީ ދެމުން. ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަކީ ޚާއްސަ އެހީތެރިކަމާއި އަޅާލުމެއް ބަހައްޓަންޖެހޭ ކުދިންތަކެއްކަމުން ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެއްކަން ޤަބޫލުކޮށް އަދި ދަރިވަރުންގެ ބޭނުންތައް ފާހަގަކުރެވި، އުނގެނުމުގައި ހުރިހާ ކުދިންނަށްވެސް ހަމަހަމަ ފުރުސަތުތަކެއް ޤައުމީ މަންހަޖުން ދަނީ ފަހިކޮށްދެމުންނެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބޭސްފަރުވާގެ ކަންކަން ޞިއްޙީ ނިޒާމުގެ ތެރެއިން ލުއި ފަސޭހަގޮތެއްގައި ލިބޭނޭ އިންތިޒާމްވެސް ސަރުކާރުން މިހާރު ވަނީ ހަމަޖައްސަވާފައެވެ. އޭގެތެރޭގައި، އައިޖީއެމްއެޗުގައި ކިއުގައިނުޖެހި ޚިދްމަތް ހޯދުމާއި، ސެނެހިޔާއިން ބޭސްފަރުވާކުރުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޞިއްޙީ އަދި ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށް ބޭނުންކުރާ ގިނަ އާލާތްތައް ކުރިން އާސަންދައިން ލިބެން ނެތްނަމަވެސް މިހާރު އާސަންދައިން އެފަދަ ތަކެތި ލިބޭނެ އިންތިޒާމްވެސް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.

މީގެ އިތުރަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 2000 ރުފިޔާގެ އެލަވަންސްވެސް ސަރުކާރުން ދަނީ ފޯރުކޮށްދެމުންނެވެ.

ސަރުކާރުގެ މިހާރުގެ އަމާޒަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހުނަރުތައް ސްކޫލް މަރުޙަލާގައި ދެނެގަނެ، ސްކޫލް ނިޒާމްގެ ތެރެއިން އެކުއްޖަކު ތަމްރީންކުރެއްވުމެވެ. އެގޮތުން އެކުއްޖެއްގެ ޤާބިލިއްޔަތު ހުރި މިންވަރަކުން، ވަޒީފާގެ މާޙައުލަށް ފަހިވާގޮތައް އެކުދިން ބިނާކުރުމަށް އެކި ދާއިރާތަކުން ތަމްރީންގެ ފުރުޞަތުތައް ފަހިކޮށްދެއްވަމުން ގެންދަވާކަން ފާހަގަކޮށްލެވެއެވެ.

މިހެންމިކަންކަން ހުރި ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މުޖުތަމަޢުން ދޭންޖެހޭ އަޅާލުމާއި، އޯގާތެރިކަން ފޯރުކޮށްދޭންޖެހެއެވެ.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s