ޚާއްސަ އެހީއަށް ބޭނުންވާ ކުދިން، ޚާއްސަކަމެއް ދޭންޖެހޭ

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަކީ ޚާއްސަ އެހީތެރިކަމާއި އަޅާލުމެއް ބަހައްޓަންޖެހޭ ކުދިންތަކެއް. ޚާއްސަކޮށް ސްކޫލް މަރުޙަލާގައި ރާއްޖޭގެ ކޮންމެ ސްކޫލެއްގައިވެސް މިފަދަ ކުދިންނަށް ކިޔަވައިދޭނެ ތަމްރީނު ލިބިފައިވާ މަދުވެގެން އެއް ޓީޗަރެއް ބެހެއްޓުމަކީ ސަރުކާރުގެ އަމާޒެއް.

ރިޕޯޓް

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަކީ ޚާއްސަ އެހީތެރިކަމާއި އަޅާލުމެއް ބަހައްޓަންޖެހޭ ކުދިންތަކެއް. އަދި ދަރިވަރުންނަށް އުނގަންނައިދޭންވާނީ ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެއްކަން ދެނެގަނެ އެކުދިންގެ ބޭނުންތަކަށް ސަމާލުކަމެއްދީގެން. ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެއްކަން ޤަބޫލުކޮށް އަދި ދަރިވަރުންގެ ބޭނުންތައް ފާހަގަކުރެވި، އުނގެނުމުގައި ހުރިހާ ކުދިންނަށްވެސް ހަމަހަމަ ފުރުސަތުތަކެއް ޤައުމީ މަންހަޖުންވެސް ދަނީ ފަހިކޮށްދެމުން. މަންހަޖުގައި ބަޔާންކުރާ ކަންކަން ދަރިވަރުންނަށް އުގަންނައިދިނުމުގައި އެންމެ ބޮޑު ދަޢުރެއް އަދާކުރާ ބަޔަކީ ޓީޗަރުން. މިގޮތުން ޚާއްސަ އެހީއަށް ބޭނުންވާ ޓީޗަރުންނަށް ޚާއްސަ ތަމްރީނުތަކެއް ބޭނުންވޭ.

ރާއްޖޭގެ ކޮންމެ ސްކޫލެއްގައިވެސް ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭނެ ތަމްރީނު ލިބިފައިވާ މަދުވެގެން އެއް ޓީޗަރެއް ބެހެއްޓުމަށް އެޑިޔުކޭޝަން މިނިސްޓްރީން އަންނަނީ މަސައްކަތްތަކެއް ކުރަމުން. އުގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވާދޭ ޓީޗަރުންނަށް ސެޓްފިކެޓް ލެވެލްގެ ކޯސްތަކާއި ޑިޕްލޮމާ ލެވެލްގެ ކޯސްތައް ހިންގައި،ދުއިސައްތައަށްވުރެ ގިނަ ޓީޗަރުން ފާއިތުވީ 2 އަހަރުގެ ތެރޭގައި ވަނީ ތަމްރީނުކޮށްފަ. މިތަމްރީނު ޕްރޮގްރާމްތަކުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމުގައި ގެންގުޅެންޖެހޭ ހުނަރުތަކާއި އުކުޅުތައް ދަސްކޮށްދެވޭ. އަދި އަދި ފުރަތަމަ މަރުހަލާގައި އެކަން ދެނެގަނެވޭނެ އަދި ދުރާލާކަންކަން ދެނެގަނެވޭނެ ގޮތްތައް އުގަންނައިދެވޭނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވޭ.

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގައި މާލެއާއި އަތޮޅުތަކުގައި ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުންނަށް ތިން ސްޕެޝަލައިޒްޑް ސެންޓަރެއްވެސް ވަނީ ހުޅުވާފަ. މީގެ އިތުރުންވެސް 39 ސްކޫލެއްގައި އިންކްލޫސިވް ޔުނިޓްތައް ހެދި ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ދަނީ ފޯރުކޮށް ދެއްވަމުން.

އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ އައިޝަތު ޝިހާމް ވިދާޅުވީ މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސްކޫލަކަށް، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭނެ ޓީޗަރުން ހަމަޖެހިގެންދިއުމަކީ އަމާޒެއްކަމަށް.  މިނިސްޓަރ ވިދާޅުވީ ދަރިވަރުންނަށް ކިޔަވައިދިނުމުގެ އިތުރަށް ސްކޫލް މާހައުލަކީވެސް ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެކަށޭނެ މާހައުލަކަށްވެސް ހެދިގެންދާނެކަމަށް.

އަޑު ޑރ. އާއިޝަތު ޝިހާމް، އެޑިޔުކޭޝަން މިނިސްޓަރ

“ކުދިންނަށް ޚިދުމަތްދެވޭ ފެންވަރުގެ އެ އެކްސެބްލިޓީ ހުންނަ ތަން ހެދުން އަމާޒަކީ. އަލަށް ހަދާ ހުރިހާ ތަންތަން މިގޮތަށް ހެދިގެންދަނީ. މާލޭގައި ވަކި ވަކި ޑިސެބްލިޓީއަށް ޚާއްސަކުރެވިފައިމިވަނީ.”

ތަޢުލީމީ ދާއިރާއަށް ގިނަދުވަހު ޚިދުމަތްކުރައްވާފައިވާ އަދި ޚާއްސަ އެހީއަށް ބޭނުންވާ އެންމެ ގިނަ ކުދިން ކިޔަވަމުންދާ ސްކޫލްގެ ޕްރިންސިޕަލް ވަފާ ވަހީދު ވިދާޅުވީ އެފަދަ ކުދިންނަށް ކިޔަވައިދިނުމުގައި ޚާއްސަ ތަމްރީނެއް ލިބުމަކީ ވަރަށް މުޙިއްމުކަމެއްކަމަށް.

އަޑު ވަފާ ވަހީދު، އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލް

“ކްލާސް ރޫމްތެރޭގައި ކުދިންނަށް ބޭނުންވާ ވަރަށް ގިނަ ކަންކަން ފުރިހަމަވެފަ. ކުރިއަށްއޮތްތާގައި މަސައްކަތްކުރާނީ އެފަދަ ކުދިންނަށް ދެވޭ ތަޢުލީމުގެ ކަންކަން ކުރިއެރުވުމަށް”

އުނގެނުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ތަޢުލީމު ފޯރުކޮށްދިނުމުގައި ހުރިހާ ފަރާތްތަކުން ގުޅިގެން ކުއްޖާއަށް ލިބިފައިހުންނަ ހުނަރުތައް ތަރައްޤީކުރުމަށް އެހީވެދޭންޖެހޭ.

(ނިންމާ އޮންކެމް)

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s